Friday, March 23, 2012

SHCOOL KIYAVAA KUNJAGE HITHU GE VIND

''ހައްދަވާ ގެންގުޅުއްވާ މާތ ްﷲ އެވެ. މި އަޅާ މި އެދެނީ ޓީވީއެއް ކަމުގައި ވުމަށެއެވެ. އޭގެ ހައިސިއްޔަތާއި  ދަރަޖަ ލިބުމަށެއެވެ. މި އަޅާގެ ހަޔާތަކީ ގޭ ސިޓިން ރޫމުގައި އެހެރަ ޓީވީގެ ހަޔާތް ކަމުގައި ވުމަށެއެވެ. ''މި އަޅާގެ ގޭގައި މި އަޅާ އަށް ހާއްސަ ޖާގައެއް ހުރުމަށެވެ. މި އަޅާއާ އެކު މުޅި އާއިލާ ވުމަށެވެ. މި އަޅާ ވާހަކަދައްކާއިރު ވަށައިގެން ތިބުމަށެވެ. ކަނުލައި އަޑުއެހުމަށެވެ. ހުރިހާ އެންމެންގެ ސަމާލުކަން ލިބުމަށެވެ. އެދޭ ކޮންމެ ހިދެންގައި އެވެ. ބަހަނާއެއް ނެތި އެވެ. ޓީވީ ހަލާކުވުމުން އެންމެން ކަންބޮޑުވާ ފަދައިން މި އަޅާބަލިވީމާ ކަންބޮޑުވުމަށެއެވެ.''  މި އަޅާ އެދެމެވެ. ބައްޕަގެ ލޯބި ލިބުމަށެވެ. ބައްޕަގެ އުނގުގައި އިނދެލުމަށެވެ. ބުރަ މަސައްކަތަށް ފަހު  ގެ އަށް ދުރުވެ ޓީވީ ކޮބައިތޯ ބައްލަވައިލައްވާ ފަދައިންނެވެ. ކިތަންމެ ވަރުބަލިވެލައްވާފައި ހުންނެވިއަސްމެ އެވެ. މި އަޅާ ކޮބައިތޯ ބައްލަވައިލެއްވުމަށެވެ.'' މަންމަގެ ކިބައިންނެވެ. ދެރަވެ ކަންބޮޑުވެލައްވާ ހިނދު މި އަޅާ އަށް ބޭނުންވެލެއްވުމަށެވެ. ނުތަނަސްކަމާއި ވަރުބަލިކަމުގައި ވެސް މި އަޅާ ގާތުގައި ވެލެއްވުމަށެވެ. އަޅާނުލައްވައި ދުރަށް ފޮޅައިނުލެއްވުމަށެވެ.'' ބޭބޭގެ ކިބައިންނެވެ. ތޮޅެން އައުމަށެވެ. ރުޅިއަރުވައި ގޯނާކުރުމަށެވެ. މައްސަލައެއް ނެތެއެވެ. އެ ވަރުން ވެސް އެދެނީ ބޭބެގެ ގާތް އެކުވެރިއެއް ކަމުގައި ވުމަށެވެ.'' މުޅި އާއިލާ އެކުގައިވުމަށެވެ. އެހެން އެއްވެސް އެއްޗަކަށް ބޭނުންނުވާ ވަރަށް މި އަޅާ އަށް ބޭނުންވުމަށެވެ. މި އަޅާ ވަށައިގެން ތޮއްގެހުމަށެވެ. ސާބަސްދިނުމެއެވެ. ހީ އުފާކޮށް ފޯރި ނެގުމަށެވެ. އަދި މި އަޅާ އަށް އެފަދަ ގާބިލުކަން  ދެއްވުމަށެވެ. ހުރިހާ އެންމެން މުނިއަވަސްފިލުވައި ދެވޭނެ ކުޅަދާނަކަން ދެއްވުމަށެވެ.'' މި އަޅާ އެދެމެވެ. ބޮޑު ކަމަކު ނޫނެއެވެ. މިއަޅާ އެދެނީ ޓީވީއެއް ކަމުގައި ވުމަށެވެ.


1 comment: